މި ސަރުކާރުން 40 ޓާފް ފުޓުބޯޅަ ދަނޑު އަޅައިފިން: މަހްލޫފް

ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ޓާފް ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްފ...

16 Jan 2023 | 17:41

ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ޓާފް ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ށ.ފުނަދޫގައި އަޅާ ނިންމި ޓާފް ދަނޑުގެ ހިތްގައިމު ފޮޓޯއަކާއިއެކު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މަހްލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ސަރުކާރަކުން ތަރައްޤީ ކުރި ޓާރފް ބޮޑު ފުޓުބޯޅަ ދަނޑުގެ އަދަދަކީ ސުމެއް ކަމަށެވެ.

އަދި ށ. ފުނަދޫ ދަނޑުގެ ފޮޓޯ ހިއްސާކޮށް މަހްލޫފް ވިދާޅުވީ މިހާތަނަށް މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅައި ނިންމި ޓާފް ފުޓުބޯޅަ ދަނޑުގެ އަދަދު 40 އަރާކަމަށެވެ.

މީގެ އިތުރުން މިހާރުވެސް 100 ވަރަކަށް ދަނޑުގެ މަސައްކަތް ކުރިއަށް ދާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް