ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ހެޔޮ އަގުގައި އިތުރު ޑޭޓާ ލިބޭ އެޑް އޮން އެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މި ލިމިޓަޑް ޓައިމް އެޑް-އޮންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 500 ރުފިޔާއަށް 70ޖީބީ ނެގޭނެ ކަމަށެވެ. އެ ޕެކޭޖު ބޭނުން ކުރެވޭނީ30 ދުވަހަށެވެ.
މި އެޑް އޮން ދިރާގު އެޕު ނުވަތަ އެސްއެމްއެސް ކޮށްގެންވެސް ނެގޭނެ އެވެ. މި އެޑް-އޮން ނެގުމުގެ ފުރުސަތުވަނީ ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް ހުޅުވާލާއިފި އެވެ.
ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ފަރުމާކުރެވިފައި ހުރެ އެވެ. އެއީ ދިރާގު ކޮމްބޯ ޕްލޭންސް، ސަޅި ޕްރީޕެއިޑް ޕްލޭންސް އަދި މަމެން އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް