އެމްޑީޕީ ޕްރައިމަރީގައި 243 ވޯޓުފޮށި ބަހައްޓާނެ

މިއަހަރުގެ ރިޔާސީ އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް އާއްމުކޮށްފިއެވެ. ޕްރައިމަރީގެ ...

16 Jan 2023 | 13:10

މިއަހަރުގެ ރިޔާސީ އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް އާއްމުކޮށްފިއެވެ.

ޕްރައިމަރީގެ މިއިންތިހާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 28ގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އިންތިޚާބު ކުރިއަށްދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށްޓާއެކު މި އިންތިޚާބުގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓޭނެކަމުގައި އެމް.ޑީ.ޕީ އިން ނިންމާފައިވެއެވެ.މިގޮތުން މާލެ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓުމަށް ހަމަޖެހިފައިވަނީ ސީއެޗްއެސްސީ، އަމީނިއްޔާ، އެމްއެންޔޫ، އިސްކަންދަރު، ހިރިޔާ، އިމާދުއްދީން، މާފަންނު މަދަރުސާ، ތާޖުއްދީން އަދި އިއްޒުއްދީން ސްކޫލާއި، ރެހެންދި އަދި ކަލާފާނު ސްކޫލްގެ އިތުރަށް މުހިއްދީން ސްކޫލްގައެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ އެރަށެއްގެ ސްކޫލްތަކުގައެވެ.

އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް  މި މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ވޯޓު ފޮއްޓެއްކައިރީ އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2  ފަރާތަކަށް ކަމުގައިވެއެވެ.

57،257 މީހުންނަށް މި އިންތިހާބުގައި ވޯޓު ލެވޭނެކަމަށް އެމް.ޑީ.ޕީ ގެ ވޯޓާރސް ލިސްޓުވެސް ވަނީ އާއްމުކޮށްފައެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް