އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން މިއަދު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް...

16 Jan 2023 | 12:03

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން މިއަދު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ މިއީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށެވެ.

އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ވިދާޅުވީ މިއީ ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި 123،303،792.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢު އެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް