ޕްރައިމަރީން ބަލިވެއްޖެއްޔާ އޮންނާނީ އެކަނި ގޮސް ގޭގައި: ރައީސް ނަޝީދު

ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީން ބަލިވެއްޖެނަމަ އޮންނާނީ ގޭގައި ކަމުގައި ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. އެފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ ...

16 Jan 2023 | 11:34

ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީން ބަލިވެއްޖެނަމަ އޮންނާނީ ގޭގައި ކަމުގައި ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

އެފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ ކެމްޕޭނު ދަތުރެއްގައި ހޮޅުއައްޓެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

ޕްރައިމަރީން ބަލިވެއްޖެނަމަ ހުންނަވާނީ އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައިތޯ ނޫނިއްޔާ ޕީޕީއެމާ އެކުގައިތޯ ؟ މީހަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވަނީ ޕީޕީއެމާއެކު ނުހުންނާނެކަމީ ސައްތައިން ސައްތަ ކަމެއް ކަމަށާއި އަދި ރައީސް ސޯލިހާއެކުގައިވެސް ނުހުންނަވާނެކަމުގައި ވިދާޅުވިއެވެ.

"އަހަރެން އެކަނި ގޮސް ގޭގަ ހުރީމަ ނިމުނީނު" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު އެ ހޮޅުއަށީގައި ރައީސް ނަޝީދު ވިދާޅުވަނީ އޭނާއަށް ވޯޓު ދީފާނެތީ 39 ހާސް މީހުން ކަނޑާލި ކަމަށާއި އޭގެ ތެރޭގައި ރައީސް ނަޝީދުގެ ބޭބެ އާއި މަންމައާއި ލައިލާވެސް ހިމެނޭ ކަމަށެވެ.

ރައީސް ނަޝީދުގެ މިހެން ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް