ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖެ ޒިޔާރަތްކުރައްވަމުންގެންދަވާ ކެމްބޯޑީޔާގެ ބޮޑު ވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ރާއްޖެ ވަރަށް ކަމުގޮސް އެކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފިއެވެ.
އެގޮތުން ރާއްޖޭގައި ހުންނަވާ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކަކާއެކު ކެމްބޯޑިޔާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ މޫދަށް ފީނައިފިން ކަމަށާއި ބާތު ޓަބް ހުންނަނީ ކޮޓަރިއާއި ޖެހިގެން ކަމަށެވެ. ލޮނު ފެނާއި ސާފު ފެނުގައިވެސް ވަގުތު ހޭދަކުރެއްވި ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އެ ދެންނެވީ ޕޫލަށް އަދި މޫދަށް އެރުމުގެ ވާހަކަފުޅުކަމުގައި ބެލެވެއެވެ.
ބޮޑުވަޒީރު ހުން ސެންގެ ޕޯސްޓަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށް ދެއްވި ރައްދެއްގައި އިތުރަށް ވިދާޅުވެފައިވަނީ އެ ގައުމުގެ ގޮނޑުދޮށްތަކާ ރާއްޖޭގެ ގޮނޑުދޮށްތައް ރީތިކަމުން ނުބައްދަލު ކަމަށެވެ.
ރައީސް އޮފީހުން ކުރިން ހާމަކުރައްވާފައިވާގޮތުގައި ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން ސެންގެ މި ދަތުރުފުޅު މާދަމާ ނިންމަވާލައްވައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް