އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ ފަށައިފި

ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ކޯސް ކުރިޔަށް ގެންދާނީ މި މަހު 15 އިން 19 އަށް ކަ...

16 Jan 2023 | 11:09

ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ކޯސް ކުރިޔަށް ގެންދާނީ މި މަހު 15 އިން 19 އަށް ކަމަށެވެ.

މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެއް ކަމަށެވެ.

ފުލުހުން ބުނީ މި ކޯހުގައި، އެއަރ އިންޓަރޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދެވޭނެ ކަމަށެވެ.

އަދި ކޮންޓްރަބޭންޑް އިންޓަރޑިކްޝަން އޮޕަރޭޝަންސް އަދި އެއާޕޯޓު ސެކިއުރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެގޮތުން، އެނަލައިސިސް، ކޮމްޕިއުޓަރ ބޭސްޑް އިންފޮމޭޝަން ސިސްޓަމް، ކޮންޓްރަންޑް ކޮރިއަރ، ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންގއާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނީ ޤަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަރ ޓާގެޓިންގ ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ / ޑިވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަރ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މި ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް