ރައްޔިތުންގެ މަޖިލީސް މިއަހަރަށް ފެށުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފި އެވެ.
މަޖިލީހުގެ މީޑިޔާ އެންޑް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ދެ މަހުގެ ޗުއްޓީ އަކަށް ފަހު މަޖިލިސް މި އަހަރު ހުޅުވާ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ.
މިއީ އެ މަނިކުފާނު މި ދައުރުގައި ދެއްވާނެ އެންމެ ފަހު ރިޔާސީ ބަޔާނެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު28 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަޖިލީސް އޮތީ ޗުއްޓީގައި އެވެ.
އެންމެ ފަހުން މަޖިލީހުން ފާސްކުރި ކަންކަމުގެ ތެރޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުން އަދި މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް