2023 ވަނަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު އެމެރިކާގެ އަބޯނޭ ގެބްރިއަލްއަށް ހޯދައިފި އެވެ.
މިއަހަރުގެ މިސް ޔުނިވާސްގެ ފިނާލޭ އާއި އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔައީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ލޫސިއާނާގެ ނިއު އޯލެންސް ސިޓީގައި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 84 ގައުމެއްގެ ރީތީގެ ރާނީން މިއަހަރުގެ މިސް ޔުނިވާސްގައި ވާދަކޮށްފައިވެ އެވެ.
އަބޯނޭ މިސް ޔުނިވާސް 2023 ގެ ތާޖު ކާމިޔާބު ކުރީ ވެނެޒުއޭލާގެ ރީތީގެ ރާނީ އާއި ވާދަކޮށްގެންނެވެ. އުމުރުން 28 އަހަރުގެ އަބޯނޭއަކީ އެމެރިކާގެ ޓެކްސެސްއަށް ނިސްބަތްވާ އަންހެނެކެވެ.
އޭނާ އަކީ ފިލިޕިންސް ދަރިކޮޅުގެ އެމެރިކާގެ ފެޝަން ޑިޒައިނަރެކެވެ. އަބޯނޭގެ އަމިއްލަ ކްލޯތިން ލައިނެއް އޮވެ އެވެ.
އޭނާ އަކީ 71 ވަނަ މިސް ޔުނިވާސް އެވެ.
އެމެރިކާއަށް މިސް ޔުނިވާސްގެ ޝަރަފު ލިބިފައި މިވަނީ 10 އަހަރަށް ފަހު އެވެ.
މިދިޔަ އަހަރު މިސް ޔުނިވާސް އަކަށް ހޮވުނީ އިންޑިއާގެ ހަރްނާޒް ސަންދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް