މިއަހަރުގެ ފުރަތަމަ ދެ ހަފުތާގައި 75،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 75،485 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 62،504 ފަތުރުވެރިންނެވެ.
އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފްތާގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 20.8 ޕަސެންޓް އިތުރުވުމެކެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ.
އެގައުމުން 12،780 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 16.9 ޕަސެންޓެވެ.
މިގޮތުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީ އިންނެވެ. އިޓަލީއިން 8،624 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ތިންވަނައިގައި އޮތް އިންޑިއާއިން 6،996 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 4،436 ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން 3،727 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް