ނޭޕާލްގައި ވެއްޓުނު މަތިންދާ ބޯޓުގައި އިން މީހަކު ލައިވް ކުރި ކަމަށް ބުނާ ވީޑިއޯއެއް!

ނޭޕާލުގައި ޔެޓީ އެއާލައިންގެ މަތިންދާ ބޯޓު އިއްޔެ ވެއްޓެމުން ދިޔަ އިރު އޭގައި އިން ފަސިންޖަރަކު ލައިވް ކުރި ކަމަށް ބުނާ ވީޑިއޯއަކަށް ދުނިޔޭގައި ސަމާލުކަން ލިބެމުން އެބަދެ އެވެ. 72 މީހުންނާއި އެކު އެ މ...

16 Jan 2023 | 06:04

ނޭޕާލުގައި ޔެޓީ އެއާލައިންގެ މަތިންދާ ބޯޓު އިއްޔެ ވެއްޓެމުން ދިޔަ އިރު އޭގައި އިން ފަސިންޖަރަކު ލައިވް ކުރި ކަމަށް ބުނާ ވީޑިއޯއަކަށް ދުނިޔޭގައި ސަމާލުކަން ލިބެމުން އެބަދެ އެވެ.

72 މީހުންނާއި އެކު އެ މަތިންދާ ބޯޓު ދަތުރު ކުރީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން އެ ގައުމުގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސިޓީއެއް ކަމަށްވާ ޕޮކާރާއަށެވެ. މިހާތަނަށް ބޯޓުން ދަތުރު ކުރި 68 މީހުންގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާއިރު އަނެއް ހަތަރު މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

މި ބޯޓު ވެއްޓުނު ސަބަބު އަދި ނުހޯދޭއިރު ފަސިންޖަރެއް ލައިވް ކުރި ކަމަށް ބުނާ ވީޑިއޯއެއް އިންޓަނެޓްގައި ދަނީ ވައިރަލް ވަމުންނެވެ. އޭގެން ފެންނަނީ ވިންޑޯ ސީޓެއްގައި އިން ފިރިހެނަކު ކުޑަދޮރުން ބޭރު ލައިވްކޮށް ދައްކާލާތަނެވެ. ދެން އޭނާ ދައްކާލާ އިރު އިންނަނީ ވަރަށް އުފާވެފައި އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓަށް ގުޑުން އަރައި ވެއްޓެން ދަނީ ކުއްލިއަކަށް ދިމާވި ކަމަކުންނެވެ. ވީޑިއޯ ހުއްޓެނީ ބޯޓު ގޮސް ބިންމައްޗަށް ވެއްޓި އަލިފާން ރޯވިވެސް ފަހުންނެވެ.

https://twitter.com/kantipur/status/1614652013266206721

މި ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ މިއީ އަސްލު ވީޑިއޯއެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށްބުނެފައި އެވެ. އެއީ އޭނާ އިން ފަޅިއާއި ބޯޓު އަރިއަކަށް ދާތަން ފެންނަ ވީޑިއޯގައި ފެންނަ ފަރާތް ތަފާތު ކަމުން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ނައްޓާލިތާ 80 މިނެޓް ގައި އެއާޓްރެފިކް ކޮންޓޯލާއި ބޯޓާއި ގުޅުން ކެނޑިފައިވެ އެވެ.

އެގައުމުގެ އޭވިއޭޝަން ސޭފްޓީ އާއި ހަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ 30 އަހަރު ތެރޭގައި މިހާ ގިނަ ބަޔަކު މަތިންދާ ބޯޓެއް ވެއްޓުމުގެ ހާދިސާއެއްގައި މަރުވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް