އިންޑިއާގައި ފުރަތަމަ ފަހަރަށް ކުއްތާ ގެންގުޅޭ މީހުން އަތުން ޓެކްސް ނަގަން ފަށަނީ

އިންޑިއާގެ ސިޓީއެއްގައި ފުރަތަމަ ފަހަރަށް ޕެޓުގެ ގޮތުގައި ކުއްތާ ގެންގުޅޭ މީހުން އަތުން ޓެކްސް ނަގަން ތައްޔާރުވަމުން އެބަދެ އެވެ. އެކަން ގާނޫނަކަށް ހަދައި އަމަލު ކުރަން ފަށަން ތައްޔާރުވަމުން ދަނީ އެ ގ...

16 Jan 2023 | 05:21

އިންޑިއާގެ ސިޓީއެއްގައި ފުރަތަމަ ފަހަރަށް ޕެޓުގެ ގޮތުގައި ކުއްތާ ގެންގުޅޭ މީހުން އަތުން ޓެކްސް ނަގަން ތައްޔާރުވަމުން އެބަދެ އެވެ.

އެކަން ގާނޫނަކަށް ހަދައި އަމަލު ކުރަން ފަށަން ތައްޔާރުވަމުން ދަނީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގެ ސާގަރު ސިޓީގައި އެވެ. މި ނިންމުން ގާނޫނަކަށް ހަދައި އަމަލު ކުރަން ފެށޭވަރު ވާނީ މިއަހަރުގެ އޭޕްރިލް މަހު ކަމަށް އެ ސިޓީގެ މުނިސިޕަލް ކައުންސިލުން މީޑިއާގައި ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގާނޫނަކަށް ވުމުން އެ ސިޓީގައި ޕެޓުގެ ގޮތުުގައި ކުއްތާ ގެންގުޅޭ ހުރިހާ އެންމެން ރެޖިސްޓްރީ ވާން ޖެހޭނެ އެވެ. އަދި ޓެކްސް ދައްކައި ކުއްތާއަށް ގަވައިދުން ވެކްސިން ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިކަމަށް ހާއްސަކޮށް ގާނޫނެއް ހަދައި ޓެކްސް ނަގަން ފަށަން ނިންމީ އާންމުންނަށް ހަމަލާދީ ދަތް އަޅާ ވަލު ކުއްތާތައް މަގުމަތީގައި އިތުރުވެފައިވާތީ އެވެ. އެފަދަ ކުއްތާ އިތުރުވަމުން ދަނީ ގޭގޭގައި ގެންގުޅޭ ކުއްތާ ބޭނުން ނެތުމުން މަގުމައްޗަށް ދޫކޮށްލަމުންދާތީ ކަމަށް އެ ސިޓީގެ މުނިސިޕަލް ކައުންސިލުން ބުނެފައިވެ އެވެ.

އެ ކައުންސިލުން ބުނީ ވަލު ކުއްތާތަކުގެ ސަބަބުން ސިޓީގެ މަގުތަކުގެ ސާފުތާހިރުކަން ގެއްލިފައިވާ ކަމަށެވެ. އެހެންވެ މި ގާނޫނަކީ އާންމުންގެ ސިއްހަތާއި ގުޅިފައިވާ ސާފުތާހިރު ކަމަށްވެސް ވިސްނުމަށް ފަހު އަމަލު ކުރަން ފަށާ ގާނޫނެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް