އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މުރްސަލު ނަބީޒާދު ގޭތެރޭގައި އަވަހާރަ ކޮށްލާފައި އޮއްވަ ފެނިއްޖެ އެވެ.
އެކަމަނާގެ އިތުރުން ބޮޑީގާޑަކަށް ގެންގުޅުނު މީހާގެ ހަށިގަނޑު އެގޭތެރޭގައި މަރާލާފައި އޮއްވަ ފެނިފައިވެ އެވެ.
32 އަހަރުގެ މުރްސަލް ނަބިޒާދާ އަކީ އަފްޣާނިސްތާނުގެ މަދު އަންހެން ލީޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިތްވަރުގަދަ ކަނބަލެކެވެ. އަދި އެކަމަނާ އަފްގާން މަޖިލީހުގެ މެމްބަރުކަމުން ވަކިކޮށްފައިވަނީ 2021 ވަނަ އަހަރު ތާލިބާނުން އެގައުމުގެ ވެރިކަމަށް ވެރިވެގަތް ހިސާބުންނެވެ.
ތޯލިބާން ސަރުކާރުން ބުނީ މުރްސަލު އަވަހާރަ ކޮށްލި މައްސަލައިގަ ސީރިއަސް ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިބި މީހުން ހޯދާނެ ކަމަށް ބުންޏެވެ.
އެކަމަނާއަކީ ކުރީގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އަފްޣާނުގެ ހިއުމަން ރިސޯސަސް އެންަޑް ޑިވެލެޕްމެންޓް އިންސްޓިއުޓުގައި މަސައްކަތް ކުރެއްވާފައިވެއެވެ. އެކަމަނާއަކީ ތާލިބާނުން އަފްޢާނިސްތާނަށް ވެރިވިހިސާބުން އެޤައުމު ދޫކޮށް ފިއްލެވުމަށް އެތައް ފުރުސަތެއް ލިބުނު ނަމަވެސް ޤައުމު ދޫކޮށް ދިއުމަށް އިންކާރުކުރެއްވި ކަނބަލެއްވެސްމެއެވެ.
އެކަމަނާގެ ޙިދުމަތްތައް ފާހަގަކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމަތަކުގައި ހާދިސާއާމެދު ހިތާމަކުރާކަން ފާހަގަކުރަމުން ގިނަ ބަޔަކު މުރްސަލު ނަބިޱާދާ ސިފަކުރައްވަނީ އަފްޢާނިސްތާނުގެ ހިތްވަރުގަދަ ޗެންޕެއިނެއްކަމުގައެވެ. ނަބިޒާދާ ގަތުލުކޮށްލައިފައިވަނީ އަނދިރީގަކަމުގައިވިޔަސް ތާލިބާނުން ރޭވުންތައް ރާވައުފައިވަނީ ދުވާލުގެ އަލީގައި ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް