2023 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޖެންޑަރ މިނިސްޓްރީއިން މިއަދު ހުޅުވައިލައިފިއެވެ.
މި އެވޯޑަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދެމުން އަންނަ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑަށް ތިން ދާއިރާއަކުން ކުރިމަތިލެވޭނެއެވެ. އެއީ ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅުމުގެ ދާއިރާއާއި "ނޮން-ޓްރެޑިޝަނަލް ރޯލްސް" ނުވަތަ އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތަކުގެ ދާއިރާގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ ދާއިރާގެ ދަށުން ވަޒީފާ ދޭ ފަރާތްތަކާއި މުއައްސަސާތަކުން އެވޯޑަށް ހުށަހެޅުމުގެދާއިރާއެވެ.
ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެދާއިރާއިން ލީޑަޝިޕް އަދި ގަވަރނަންސް، އިޖްތިމާއީ އިޤްތިޞާދީގޮތުން ބާރުވެރިކުރުން، މިކެޓެގަރީ ތަކުގެ ދަށުން އެވޯޑަށް ހުށަހެޅޭނެއެވެ.
މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހެވެ. އަދި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު މިނިސްޓްރީގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ލިބޭނެކަމުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް