ލ. ގަން އަންހެނުންނަށް ޚާއްޞަކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު ގުޅިގެން އެ ރަށު ގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން މި ...

16 Jan 2023 | 04:03

ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު ގުޅިގެން އެ ރަށު ގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ލ.ގަމު ކަސްޓަމް ބީޗް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑާރ ކާނަލް އަޙްމަދު ފާތިޙެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި މަހުގެ 15 އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 118 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅުގޮތްތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީ މި ކުލާސްތައް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދާއިރު ކުލާސްތައް ނަގައިދެއްވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރައްވާ ސިފައިންނާއި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުން ކަމަށެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، ލ.ގަން ކައުންސިލް އިދާރާގެ އިސް ބޭފުޅުންނާއި، ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސް ބޭފުޅުންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ އޮފިސަރުންނާއި އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އަޙްމަދު މުޖުތަބާގެ އިތުރުން އެ ޕްރޮގްރާމްގެ މުދައްރިބުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް