ޕްރިމިއާ ލީގު: ފުލަމް ބަލިކޮށް ނިއުކާސަލް އިން ތިންވަނައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަން އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ތާވަލްގެ ތިން ވަނައަށް ނިއުކާސަލް އިން ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސަލްއިން ކާމިޔާބު ކުރީ...

15 Jan 2023 | 20:19

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަން އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ތާވަލްގެ ތިން ވަނައަށް ނިއުކާސަލް އިން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސަލްއިން ކާމިޔާބު ކުރީ ފުލަމްއާއި ވާދަކޮށް 0--1 ގެ ނަތީޖާއިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ފުލަމްއަށް ވަނީ ލީޑުނަގަން ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް މިޓްރޮވިޗް ފޮނުވާލި ޕެނަލްޓީ ވީ ނާކާމިޔާބެވެ. މި ޕެނަލްޓީ ނާކާމިޔާބު ވުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ނިއުކާސަލަށް މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ސްވިޑަންގެ ފޯވާޑް އަލެކްސަންޑަ އިސާކް އެވެ.

މި މޮޅާ އެކު، ނިއުކާސަލް ތިން ވަނަ އަށް އެރީ، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުންނެވެ. ނިއުކާސަލް އިން 19 މެޗުން 38 ޕޮއިންޓް ހޯދާފައިވާއިރު، ޔުނައިޓެޑުން ވަނީ 18 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް