އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ފުރަތަމަ 10 ވަރަކަށް މިނެޓުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ ލަނޑު ޖަހަން ފުރުސަތުތައްވެސް ތަނަވަސްކޮށްފައެވެ. އެގޮތުން ޗެލްސީގެ ޖަރުމަން ފޯވާޑް ކައި ހަވަޓްޒް ވަނީ ދުރުން ބާރުހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާ މަތަކުރީ ޕެލަސްގެ ގޯލް ކީޕަރު ވިސެންޓޭ ގުއިޓާއެވެ.
ނަމަވެސް އޭގެ ފަހުން ޕެލަސްއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާ ޗެލްސީގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ނުރައްކާތެރި ދެ ހަމަލާއެއް ޕެލަސްގެ ފަރާތުން ފެނުނުއިރު، މި ދެ ހަމަލާގެ ހުރަކަށްވެސް ވީ ޗެލްސީގެ ކީޕަރު ކެޕާއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޗެލްސީން ޖެހިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 64 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ނެގި ހުރަހަކުން ކައި ހަވާޓްޒްއެވެ.
މި މޮޅާ އެކު ޗެލްސީ އޮތީ 19 މެޗުން 28 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް