އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
މި މެޗު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީވެސް އާސެނަލުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އާސެނަލް އިން ލީޑު ނެގިއެވެ. ނަމަވެސް އެޓީމުން ލީޑުނެގި މި ލަނޑަކީ ޓޮޓެންހަމްގެ ގޯލް ކީޕަރު ލޮރިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވެ މެޗުގެެ ނަތީޖާ ހަމަހަމަ ކުރަން ޓޮޓެންހަމްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސޮން ހެއުން މިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ކާމިޔާބު ކުރެވޭގޮތް ނުވިއެވެ. މި ބޯޅަ މަތަކުރީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލްއެވެ.
ޓޮޓެންހަމްގެ މި ހަލާއަށް ފަހު އާސެނަލްގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް ފެނުނެވެ. އެގޮތުން މާޓިން އޮޑެގާޑް އަދި ތޯމަސް ޕާޓޭ ފޮނުވާލު ހަމަލާތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ހަމަލާތައް ވީ ނާކާމިޔާބެވެ. އާސެނަލުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރީ މެޗުގެ 36 ވަނަ މިނެޓުގައެވެ. އާސެނަލް އަށް މެޗުގެ ލިޑު ފުޅާކުރި ލަނޑު ކާމިޔާބު ކޮށްދިނީ މާޓިން އޮޑެގާޑްއެވެ.
މި މޮޅާއި އެކު އާސެނަލް އަށް އެއްވަނާގައި އަށް ޕޮއިންޓުގެ ލީޑެއް ލިބުނުއިރު، އެޓީމު އަށްވަނާގައި އޮތީ ކުޅުނު 18 މެޗުން 47 ޕޮއިންޓް ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް