ކޮވިޑު އަދަދު 1200 މައްޗަށް – ހޮސްޕިޓަލުގައި އެންމެ 26

ރާއްޖޭގައި ފާއިތުވި 24ގަޑިއިރުގެ ތެރޭގައި 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން 1209 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މި އަދަދާއެކު ކޮވިޑ...

16 Jan 2022 | 17:37

ރާއްޖޭގައި ފާއިތުވި 24ގަޑިއިރުގެ ތެރޭގައި 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން 1209 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި އަދަދާއެކު ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 103581 އަށް އަރާފައެވެ.

ކޮވިޑަށް މިއަދު 1200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 26 އެވެ. މިއީ ކުރިއާ އަޅާބަލާއިރު ހައިރާންވާ ވަރުގެ އަދަދެކެވެ.

ބެލެވޭ ގޮތުގައި އެޑްމިޓް ކޮށްގެން ފަރުވާދެވޭ މީހުންގެ އަދަދު ދަށްވަނީ ޕޮޒިޓިވް ވި ނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ހުރުމުން ނުވަތަ އިމިއުން ވުމުގެ ސަބަބުންނެވެ.

އަނެއް ސަބަބަކީ އޮމިކްރޯން ފެތުރޭ ސްޕީޑު ހަލުވިނަމަވެސް ބޮޑުވަރުވާލެއް ދަށްކަމަށް މިހާތަނަށް ގިނަ ފަރާތްތަކަކުން ބުރަވާ ބުރަވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް