ރަންގްނިކް ކޯޗަކުކަމަށް ހަމަޖެއްސުމަކީ ޔުނައިޓެޑުން ހެދި ބޮޑު ގޯހެއް - ސްކޯލްސް

އޮލިގަނަ ސޮލްޝެއަރ ޔުނައިޓެޑުގެ ކޯޗު ކަމުގެ މަޤާމުން ދުރުކޮށް އެ މަޤާމަށް ރަލްފް ރަންގްނިކް ހަމަ ޖެއްސުމަކީ މެންޗެސްޓާ ޔުނައިޓެޑުން ހެދި ބޮޑު ގޯހެއްކަމަށް ޔުނައިޓެޑްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޕޯލް ސް...

16 Jan 2022 | 14:33

އޮލިގަނަ ސޮލްޝެއަރ ޔުނައިޓެޑުގެ ކޯޗު ކަމުގެ މަޤާމުން ދުރުކޮށް އެ މަޤާމަށް ރަލްފް ރަންގްނިކް ހަމަ ޖެއްސުމަކީ މެންޗެސްޓާ ޔުނައިޓެޑުން ހެދި ބޮޑު ގޯހެއްކަމަށް ޔުނައިޓެޑްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޕޯލް ސްކޯލްސް ބުނެފިއެވެ.

ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ސްކޯލްސް ބުނީ ޔުނައިޓެޑްގެ ކޯޗުކަމަށް ރަންގްނިކް ހަމަޖެއްސުމަކީ ޔުނައިޓެޑުގެ މެނޭޖްމަންޓުން ހެދި ބޮޑު ގޯހެއް ކަމަށާއި ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް އެއްވެސް ކުރިއެރުމެއް ލިބެމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ސޮލްޝެއަރ ހުރި އިރު ޔުނައިޓެޑު އޮތް ހާލަތުން އަދިވެސް އަރައިގަނެވިފައި ވާތަން ނުފެންނަ ކަމަށާއި ޔުނައިޓެޑް މި ހާރު އޮތް ހާލަތުން އަރައިގަތުމަށް މިހާރު ހުރި ކޯޗަށް ވުރެ ރަނގަޅު ފެންވަރުގެ ކޯޗެއް ޔުނައިޓެޑަށް ބޭނުންވާ ކަމަށެވެ.

" ރަންގްނިކް ޔުނައިޓެޑް ކޯޗަކަށް ހަމަ ޖެއްސުމަކީ ޔުނައިޓެޑްގެ މެނޭޖް މަންޓުން ހެދި ގޯހެއް. ރަންގްނިކް ގެ ކޯޗުކަމުގައި ޔުނައިޓެޑުގެ ކުޅުން ރަނގަޅު ވަމުން އަންނަތަނެއް ނުފެނޭ. އަދިވެސް އެ ޓީމު އޮތީ ސޮލްޝެއަރ ގެ ކޯޗުކަމުގައި އޮތް ހާލަތުގައި." ސްކޯލްސް ބުންޏެވެ.

ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ފަހުން އެޓީމުން ދައްކަމުން އަންނަ ދައް ކުޅުމަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު، ޔުނައިޓެޑުން އަންނަނީ އެ ޓީމަށް ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން އެޓީމުން މިވަގުތުު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޕީއެސްޖީގެ ކޯޗުކަމުގައި ހުރި މައުރިސިއޯ ޕޮޗެޓީނޯ ގެނައުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރަންގްނިކް ޔުނައިޓެޑް ގެ ކޯޗުކަމާއި ހަވާލުވި ފަހުން އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ މިހާތަނަށް އަށް މެޗެއް ކުޅެފައެވެ. އެ އަށް މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވިފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ތިން މެޗުން އެއްވަރު ވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް