ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ11 މަގެއްގެ5.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އަދި25،،909 މީޓަރުގެ ސަރަހައްދެއް ލެވަލްކޮށް ތާރު އަޅާނެ އެވެ.
މީގެ އިތުރުން 11،114 އަކަ މީޓަރު ސަރަހައްދެއްގައި ދުވާރު ހަދާނެ އެވެ. އެމްޓިސީސީން ބުނީ މަޝްރޫއުގެ ދަށން ފެންހިންދާ ނިޒާމެއް ގާއިމުކޮށް، މަގު ބައްތި އަދި މަގުމަތީ ނިޝާން ހަރުކުރާނެ ކަމަށެވެ.
މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެވެ.
މިއީ71،90 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް