ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ފެނިއްޖެ

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އޭނާގެ ހަށިގަނޑު ީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފ...

16 Jan 2022 | 11:08

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާގެ ހަށިގަނޑު ީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފައިވާ ކަމަށެވެ.

މިއީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވްކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

ސާޗް އެންޑް ރެސްކިއުގެ މި އޮޕަރޭޝަނާއި ގުޅޭގޮތުން މީޑިއާތަކަށް މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް “ވެލާނާ” ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް