ކ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ތަކުގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ 225 ދަޅު ބިޔަރު ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ އެތަކެތި ނައްތާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކ. ގުރައިދޫ ގައި ކަަމަށެވެ.
މި ބިޔަރު ދަޅުތަކަކީ މާފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 48 ދަޅާއި، ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 177 ދަޅު ކަމުގައި ފުލުހުން ބުނެއެވެ.
ފުލުުހުން ވިދާޅުވީ 225 ދަޅު ބިޔަރުގެ އިތުރުން، މާފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގެ ހުރި 24 ފުޅި ބަނގުރާ ވެސް ނައްތާލާފައިވާ ކަމުގައެވެ.
މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 1 ޖަނަވަރީ 2022 ގެ ނިޔަލަށް ކ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަން ތަކުގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް