ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދިރާގު "ހެލޯ ޕްރީޕެއިޑް" ތަޢާރަފްކޮށްފިއެވެ.
ރާއްޖޭގެ އެންމެބޮޑު އަދި އެންމެ ގިނަދުވަސްވީ މުވާސަލާތީ ކުންފުނިން ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ޚާއްސަ ކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
ހެލޯ ޕްރީޕެއިޑް ޕްލޭނަށް ސޮއިކުރާ ކަސްޓަމަރުންނަށް މުޅި އަހަރު ތެރޭގައި ޚާއްސަ ކަންޓްރީ ބެނެފިޓްސް އާއި ސްޓޭންޑަޑް ޕްރީޕެއިޑް އޮފަރތައް ލިބުމުގެ ފުރުސަތާއި ގައުމު އިޚްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. އަދި 31 މާރިޗު 2022 ގެ ނިޔަލަށް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމުން 25 އިންސައްތަ އިތުރު އެލަވަންސް ވެސް ލިބޭނޭ ކަމަށް ދިރާގުން ބުނެއެވެ.
‘ހެލޯ ޕްރީޕެއިޑް’ ސިމް ކިޓް މާލެ، ހުޅުމާލެ އަދި ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކުންނާއި ދިރާގުގެ ސޭލްސް އެޖެންޓުން މެދުވެރިކޮށް ގަންނަން ލިބޭނެއެވެ. އަދި ހެލޯ ޕްރީޕެއިޑަށް ބަދަލުވާން ބޭނުންވާ އެހެން އެއްވެސް ޕްރީޕެއިޑް ޕްލޭނެއްގައި މިހާރު ތިބި ހުރިހާ ކަސްޓަމަރުންނަށް ކީވޯޑް ‘ޕީކޭޖީ ހެލޯ’ ބޭނުންކޮށްގެން 444 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް