އޭސީސީ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، އޭސީސީ އިން...

16 Jan 2022 | 08:26

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، އޭސީސީ އިން ހުސްވެފައިވާ 5 މެންބަރުންގެ މަޤާމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ވަނީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލާއި ހަމައަށް އިތުރުކޮށްފައެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތި ލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީ އެއްގައި ރަޖިސްޓްރީ ވެފައި ވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސާފުކުރަން ޖެހޭ ފޯމް ބަލައިގަތުމަށް ރައީސް އޮފީހުން ހަމަޖެހިފައި ވަނީ 2022 ޖަނަވަރީ 30 ވާ އާދީއްތަ ދުވަހާއި 31 ވާ ހޯމަ ދުވަހު ކަމުގައި އެ އިއުލާނުގައި ހާމަކޮށްފައި ވެއެވެ.

އެގޮތުން ފޯމު ބަލައިގަތުން ކުރިއަށް ދާނީ އެ ދެ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މީގެ އިތުރުން އޭސީސީގެ މެންބަރުކަމަށް އެދި ހުށަހަޅަންޖެހޭ ފޯމުތަކާއި އިޤްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމުގައި އެ އިއުލާނުގައި ހާމަކޮށްފައި ވެއެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައި ވަނިކޮށް އެ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާ ދީފައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް