ށ. ފުނަދޫ ސްކޫލުގެ ބޭރު ފާރުގައި އިންޑިއާ އައުޓް ލިޔެފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އެފަދަ މައްސަލައެއް މިއަދު ހެނދުނު 11:38 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މި މައްސަލައިގާ މީހަކު ހައްޔަރުނުވާކަމަށް ބުނެފައިވެއެވެ.
ސްކޫލެއްގެ ފާރުގައި އިންޑިއާ އައުޓް ލިޔެފައިވާއިރު ގޭގޭގެ ފާރުތަކުގައި އިންޑިއާ އައުޓް ލިޔުމަށް ކުރީގެ ރައީސް، ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް