ޗައިނާގައި އުމުރުން އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ބޮލަށް ފަންސޫރެއް ހެރިއްޖެއެވެ.
ޗައިނާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާ ހިނގީ އެ ކުއްޖާގެ ބައްޕަ އެ ކުއްޖާގެ ގައިގާ ޖަހަން އަތް މަޅައިލިވަގުތު އެ އަތުން ސަލާމަތްވުމަށް އެ ކުއްޖާގެ އަތް ހިއްލާލިވަގުތު ކުއްޖާގެ އަތުގައި އޮތް ފަންސޫރު އެ ކުއްޖާގެ ކަނާތު ފަރާތުން ބޮލަށް ފަންސޫރު ވަދެގެންނެވެ.
އެ ކުއްޖާގެ ބައްޕަ ކުއްޖާދެކެ ރުޅިއައީ ހޯމްވޯކެއް ހެދިއިރު އަތު ލިޔުން ހަޑިކަމުންނެވެ. އަލުން ހޯމް ވޯކް ހަދަން ބުނުމުން އެކަމަށް ކުއްޖާ ދެކޮޅު ހަދައި ބޮޑާ ހޭކުމުންނެވެ.
މި ހާދިސާ ހިނގުމާއެކު އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭޏް ފެށިއެވެ.
ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވާގޮތުގައި ތޫނު އެ ފަންސޫރު ބޮލުގެ ހަންގަނޑުން ހަތް ސެންޓިމީޓަރު އެތެރެއަށް ވަދެފައި ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް