ބޮލީވުޑް ބަތޮލާ ޕޫޖާ ހެގްޅޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
މިކަން އޭނާ ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.
ބިކީނީގައި ހުރެ ކޮށްފައިވާ އެ ޕޯސްޓްގައި، ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ޗުއްޓީއަށް ރާއްޖެ އައީ ކޮން އިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 31 އަހަރުގެ ޕޫޖާ ހެގްޅޭ އަކީ ފިލްމީ ދާއިރާގެ އިތުރުން، މޮޑެލިން ދާއިރާއިންވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ.
2010 ވަނަ އަހަރުގެ މިސް ޔުނިވާސް އިންޑިއާގެ ދެވަނަ ލިބިފައިވެއެވެ. ފިލްމީ ދާއިރާއަށް ނިކުތީ 2012 ވަނަ އަހަރު ތަމަޅަ ފިލްމު މުގަމޫދީއިންނެވެ. އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2014 ވަނަ އަހަރު ރިތިކާއެކު ކުޅުނު މޮހެންޖޯ ޑާރޯ އެވެ.
ޕޫޖާ ހެގްޅޭ މިދިޔަ އަހަރުގެ ނޮވެމްބަރުގައިވެސް ރާއްޖެއައިސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް