އެމް.ޑަބްލިޔު.އެސް.ސގެ ބިލްތަކަށް ވިލިމާލެ އިން ފައިސާ ބަލައިގަންނާނެ އެޖެންޓުން ހޯދަން އިއުލާނުކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބިލްތަކަށް ވިލިމާލެ އިން ފައިސާ ބަލައިގަންނާނެ އެޖެންޓުން ހޯދަން ބޭނުންވާ ކަމަށެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވިޔަފާރި ކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައެވެ. އަދި އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާ ފަރާތްތަަކަށް އެކަނި ކަމުގައި އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އަގު ހުށަހަޅާއިރު ކުންފުނި ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެކު ހުށަހަޅަން ޖެހޭނެ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
އެހެންކަމުން މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2022 11:30 ގެ ކުރިން އެ ކުންފުނީގެ ކަސްޓަމަރ ސާރވިސް ބިލްޑިން،6 ވަނަ ފަންގިފިލާ އަށް ދުރުވެ މަޢުލޫމާތު ސާފު ކުރަން އެދިފައި ވެއެވެ.
އަދި އަގު ހުށަހަޅަން ބޭނުންވާ ފަރާތަތަކުން 24 ޖަނަވަރީ 2022 ގެ 11:30 ގެ ކުރިން އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސާރވިސް ބިލްޑިންގް،6 ވަނަ ފަންގިފިލާއަށް ދުރުވެ އަގު ހުށަހެޅުމަށް އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް