ކެމްބްރިޖް އައިޖީއެސްސީ، އެސްއެސްސީ އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނީ މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީއެސްސީ، އެސްއެސްސީ އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން ކުރިއަށް ދާނެ ކަމުގައެވެ.
ލޭޓް އެންޓްރީ ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށް ގެންދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ޑީޕީއީ އިން ހާމަ ކުރެއެވެ.
ކޯވިޑް- 19 ގެ ސަބަބުން އޯލެވެލް އިމްތިހާނު ބޭއްވުން މެއި/ޖޫން އަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުވެސް އޯލެވެލް އިމްތިހާނު ބާއްވާފައި ވަނީ މެއި/ޖޫން ގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކޯވިޑަށް ޕޮޒިޓިވްވާ ކުދީންނާއި ކޮންޓެކްޓް ވެފައި ތިބި ކުދިން ވަކިން ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ބޭއްވުމުގައި ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް