ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޕާސްޕޯޓު ދޫކުރުމަށް އިމިގްރޭޝަނުގައި ޚާއްސަ ކައުންޓަރެއް

ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޕާސްޕޯޓު ދޫކުރުމަށް އިމިގްރޭޝަނުގައި ޚާއްސަ ކައުންޓަރެއް ހަމަޖައްސައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ކައުންޓަރުން ޚިދުމަތް ދޭނީ އޮފީސް ކ...

16 Jan 2022 | 06:17

ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޕާސްޕޯޓު ދޫކުރުމަށް އިމިގްރޭޝަނުގައި ޚާއްސަ ކައުންޓަރެއް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ކައުންޓަރުން ޚިދުމަތް ދޭނީ އޮފީސް ކާޑު ހިފައިގެން ދިއުމުން ކަމަށާއި އޮންލައިންކޮށް ޕާސްޕޯޓް ހެއްދުމުގެ މަރުހަލާ ނިންމުމަށްފަހު، ޕާސްޕޯޓް ބަލާ އިމިގްރޭޝަނަށް ހާޟިރުވާއިރު، އޮފީސް ކާޑު ހިފައިގެން އެކައުންޓަރަށް ދިއުމުން ފަސޭހަކަމާއެކު ޕާސްޕޯޓް ލިބޭނެ ކަމަށެވެ.

https://twitter.com/ImmigrationMV/status/1482576889567125509

މިގޮތަށް ހަމަޖެއްސީ ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ މުވައްޒަފުން ކުރާ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

ޕާސްޕޯޓް ޚިދުމަތް ހޯދުމުގައި ލުއިގޮތްތަކެއް އިމިގްރޭޝަނުން ހަމަޖައްސާފައިވަނީ އެމްއެންޑީއެފް، ފުލުހުން، ކަސްޓަމްސް، އޭވިއޭޝަން ސެކިއުރިޓީ އާއި އެޗްޕީއޭގެ މުވައްޒަފުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް