ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް: ނައިބު ރައީސް ފައިސަލް

ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ށ. ފޯކައިދޫއަށް ވަޑައިގެން، އެރަށުގެ ސަރުކާރ...

16 Jan 2022 | 05:53

ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫއަށް ވަޑައިގެން، އެރަށުގެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިސް މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ދަތި ޙާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ މުޙިއްމު ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ސަރުކާރުން ކޮށްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ސީޓީ ސްކޭނާއި އެމް.އާރް.އައި އަދި އެކި ކަހަލަ ލެބް ޓެސްޓްތައް އަތޮޅުތަކުގައި ހެދޭ މިންވަރު އިތުރުކޮށް، ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް