އިނގިރޭސި ޕްރިންސް އެންޑްރޫއަށް ކުރާ ރޭޕްގެ ތުހުމަތުން ސަލާމަތް ނުވެވިފައި!

އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫއަށް ކުރާ ކުޑަކުއްޖަކު ރޭޕް ކުރުމުގެ ދައުވާއިން ސަލާމަތްވާން އިތުރު ކަންތައްތަކެއް ސާބިތުކޮށްދޭން ހުށަހަޅައިފި އެވެ. އެމެރިކާގެ ނިއުޔޯކްގެ ކޯޓަކަށް ޕްރިންސް އެންޑްރޫ...

16 Jan 2022 | 03:21

އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫއަށް ކުރާ ކުޑަކުއްޖަކު ރޭޕް ކުރުމުގެ ދައުވާއިން ސަލާމަތްވާން އިތުރު ކަންތައްތަކެއް ސާބިތުކޮށްދޭން ހުށަހަޅައިފި އެވެ.

އެމެރިކާގެ ނިއުޔޯކްގެ ކޯޓަކަށް ޕްރިންސް އެންޑްރޫ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އުމުރުން 38 އަހަރުގެ ވާޖީނިއާ ގިއުފްރޭ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނީ ޕްރިންސް އެންޑްރޫ، އޭނާ އާއި އެކު ނުރުހުމުގައި ޖިންސީ ގުޅުން ހިންގީ އުމުރުން 17 އަހަރުގައި 2002 ވަނަ އަހަރުގައި ކަމަށެވެ.

2001 ވަނަ އަހަރު އޭނާ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވީކަމަށާއި ޕްރިންސް އެންޑްރޫ، ވާޖީނިއާ އާއި އެކު ޖިންސީ ގުޅުން ހިންގީ އޭނާ ލައްވާ އެ އަމަލު ހިންގުވި މީހާއަށް ފައިސާ ދިނުމަށް ފަހު ގަދަކަމުން ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގަ ޖަވާބުދާރީވަމުން ޕްރިންސް އެންޑްރޫގެ ގާނޫނީ ވަކީލު ތަކުރާރުކޮށް ބުނަމުން ދަނީ ޕްރިންސާއި އެ އަންހެން މީހާ އާއި ދުވަހަކުވެސް ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި ކުރަމުންދަނީ އަސްލެތް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ޕްރިންސް އެންޑްރޫގެ ފަރާތުން ވަނީ ވާޖީނިއާގެ ފިރިމީހާ ރޮބާޓް އާއި އޭނާގެ ނަފްސާނީ ޑޮކްޓަރު ހަދަނީ ދޮގުކަން ސާބިތުކޮށްދިނުމަށް ހަދަން ޖެހޭ ޓެސްޓުތައް ގާނޫނުގެ ތެރެއިން ހެދުމުގެ ހުއްދައަށް އެދިފަ އެވެ. ޕްރިންސް އެންޑްރޫގެ ފަރާތުން ބުނެފައިވާ ގޮތުގައި ވާޖީނިއާ އަކީވެސް ހަނދާން ނެތޭ ބަލީގެ މައްސަލަ ހުރި މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ވާޖީނިއާ އަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ އަންހެނެކެވެ. ޕްރިންސް އެންޑްރޫ ހުށަހެޅި ގޮތަށް ޓެސްޓު ހަދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެންމެންނަށް ފެންނަ ގޮތަށް ކަމަށްވެ އެވެ.

މި ތުހުމަތުތަކާއި ގުޅިގެން ދައުވާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ޕްރިންސް އެންޑްރޫއަށް އަރުވާފައިވާ ޝާހީ ލަގަބާއި އިނގިރޭސިވިލާތުގެ އަސްކަރީ ނަން ވަނީ ނަގާފަ އެވެ. ބަކިންހަމް  ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭޕްގެ މި ދައުވާއިން ދިފާއުވާން ޕްރިންސް އެންޑްރޫ މަސައްކަތް ކުރަންޖެހޭނީ އާންމު ރައްޔިިތެއް ފަދައިން ކަމަށެވެ.

ޕްރިންސް އެންޑްރޫ އަކީ ކުއީން އެލިޒަބަތު 2 އާއި ޕްރިންސް ފިލިޕްގެ ތިން ވަނަ ދަރިކަލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް