ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފުވެރި ކޮށްދެއްވުމުގެ ދަޢުވަތު ރައީސް ނަޝީދަށް

ސްރީލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި ކޮށްދެއްވުމުގެ ދަޢުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިއީ މިނިސްޓ...

16 Jan 2022 | 02:23

ސްރީލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި ކޮށްދެއްވުމުގެ ދަޢުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިއީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ނަޝިދު ސްރީލަންކާއަށް ވަޑައިގަންނަވާނީ މި ޖަނަވަރީ މަހުގެ 16 އިން 18 އަށް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއެވެ.

މިއީ އެގައުމުގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.

ރައީސް ނަޝިދުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސްވެރިންނާއި އެ ޤައުމުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް