ހުޅުމާލޭ ފިތުރޯނުމަގު މައްޗަށް ގިނަ އަދަދެއްގެ ބިޔަރު ދަޅު މިރޭ ވެރިއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ހުޅުމާލޭ ފިތުރޯނުމަގަށް ވެރުނީ ދެ ސައިކަލެއްގައި ދިޔަ ތިން މީހެއްގެ އަތުންނެވެ.
އެ ހާދިސާ ހިނގުމާއެކު އެ ތިން މީހުން ބިޔަރު ދަޅުތައް ދޫކޮށްލުމަށްފަހު ފިލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެ ސަރަހައްދުގައި މިހާރު ފުލުުހުން ހަރަކާތްތެރިވަމުން އަންނައިރު ލަކުޑި ޖެޓީއާއި ދުރުނޫން ހިސާބެއްގައި ވެރިފައިވާ ބިޔަރު ދަޅުތަކާއި ވެއްޓިފައި އޮތް ދަބަހެއް އޮތެވެ. މިކަމާއިގުޅޭގޮތުންފުލުހުންގެރަސްމީބަހެއްއަދިލިބިފައެއްނުވެއެވެ.
މި ފަހަކަށް އައިސް ބިޔަރާ ރަލުގެ ބާވަތްތައް މިހެން އުފުލުންވެސް މިވަނީ ވަރަށް ގިނަވެފައެވެ.
މީގެ ދެ ދުވަސް ކުރިންވެސް ރާ ފުޅިއެއް ހިފައިގެން ދުއްވި ބިދޭސީއަކު ފުލުހުންނަށް ފިލަން ދުއްވި ދުއްވުން މަތަވީ މުލިއާގޭ ފާރުގައި ޖެހި އެކްސިޑެންޓް ވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް