ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރާއްޖެއިން ބޭރާއި ރިސޯޓުތަކާއި ސިނާއީ މަރުކަޒުތަކއި އަދި ޖަލުތަކުގައި ވޯޓުލުމަށް ގާއިމްކުރެވޭ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ބޭނުންވާ ކަމަށެވެ.
މިކަމަށް ސަރުތުހަމަވާ މީހުން މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އިލެކްޝަންސްގެ އޮންލައިން ޕޯޓަށް (http://forms.elections.gov.mv ) މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް އެދޭކަމަށް އެ ކޮމިޝަންގެ އިއުލާނުގައި ވެ އެވެ. އަތޮޅުތެރޭގައިނަމަ އޮންލައިންކޮށް އެޕްލިކޭޝަން ހުށަނޭޅުއްވޭ މީހުން ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަންގެ އިއުލާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް