ނުހަދާހުރި އިމާރާތެއްގެ ދެ ފްލޯއެއްގެ ކުއްޔަށް ޕީއެސްއެމްއިން ފައިސާ ދައްކަމުން ދިޔަ މައްސަލައެއްގައި ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާސިމްގެ މައްޗަށް ދައުވާކުރަން އފޮނުވައިފި އެވެ.
މި މައްސަލައި ބެލުމަށްފަހު އޭސީސީން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ނުހަދައި ހުރި އިމާރާތެއްގެ ދެ ފްލޯއަށް، މަހަކު 74 ހާސް ރުފިޔާ ޕީއެސްއެމްގެ ފައިސާއިން ދައްކަމުން ގޮސްފައިވަނީ އެކަމަށް ހަދާފައިވާ އެއްވަސްވުމާއި ހިލާފަށް ކަމަށެވެ.
2016 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ޕީއެސްއެމްއިން އެ އިމާރާތުގެ ކުލި ދީފައިވަނީ އިމާރާތް ކުއްޔަށް ހިފުމަށް ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަނަ ފުރިހަމަ ނުކުރަނީސް ކަމުގައި އޭސީސީ އާއްމުކޮށްފައިވާ ރިޕޯޓްގައި ވެ އެވެ.
އެ ރިޕޯޓްގައި އޭސީސީން އިތުރަށް ބުނެފައިވަނީ އެ ތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 481000 (ހަތަރު ލައްކަ އައްޑިހަ އެއްހާސް ރުފިޔާ) ދައްކާފައިވާކަމަށާއި އެ ފައިސާ ދައްކާފައިވަނީ ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ޑިރެކްޓަރަކަށް ކުރިން ހުރި ހާސިމް އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެންކަން އޭސީސީއަށް ސާބިތުވާކަމުގައިވެސް އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް