ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ އެމްއެންޑީއެފް ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ފަސްވަނަ އެމްއެންޑީއެފް ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް އިއްޔެ ފަށައިފިއެވެ. މި ކޯސް ފެށުމުގެ ގޮތުން ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެ...

16 Jan 2017 | 06:42

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ފަސްވަނަ އެމްއެންޑީއެފް ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް އިއްޔެ ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ގޮތުން ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި ކާނަލް މުޙައްމަދު އިބްރާހީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިމަހު 15 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގާ މި ކޯހުގައި 16 ސިފައިން ބައިވެރިވެފައިވާކަމަށާއި މި ކޯހުގައި ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ފަސް ސިފައިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާގެ ސިފައިން ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ." އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ފަސްވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާންތު ހާންޑޫ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް