ޖަޕާނުގައި ސްމާޓް ފޯނަށް ހާއްސަ ޓޮއިލެޓް ޕޭޕަރު ތައްޔާރުކޮށް ބޭނުންކުރަން ފަށައިފި އެވެ. މި ޓޮއިލެޓް ޕޭޕަރުތައް ބޭނުންކުރަން ފަށާފައިވަނީ ޖަޕާނުގެ އެއާޕޯޓު ތަކުގަ އެވެ.
ޖަޕާނުން ސްމާޓް ފޯނަށް ހާއްސަކޮށް ޓޮއިލެޓް ޕޭޕަރު އީޖާދުކޮށް އެއާޕޯޓްތަކުގެ ފާހާނާތަކުގައި ބޭނުންކުރަން ފަށާފައިމިވަނީ ސްމާޓްފޯނަކީ ބެކްޓީރިއާ ގިނަ އަދަދަކަށް ހަރުލާ، އަދި ހާއްސަ ކޮށް ފާހާނާގައި ސްމާޓްފޯނު ބޭނުންކުރާއިރު ފޯނުގެ ޑިސްޕްލޭގައި ގިނަ އަދަދަކަށް ބެކްޓީރިއާ ހަރުލާ ކަމަށް ދިރާސާއަކުން ދެއްކުމުންނެވެ.
ސްމާޓް ފޯނަށް ހާއްސަ ޓޮއިލެޓް ޕޭޕަރު ޖަޕާނުގައި އީޖާދުކޮށް ބޭނުންކުރަން ފަށާފައިމިވަނީ ޖަޕާނުގެ ޓެލެކޮމް ކުންފުންޏެއް ކަމުގައިވާ އެންޓީޓީ ޑޮކޯމޯ އިންނެވެ. ސްމާޓް ފޯނަށް ހާއްސަކޮށް އުފައްދާފައިވާ ޓޮއިލެޓް ޕޭޕަރުގައި އެއާޕޯޓްގެ ވައިފައި ޔޫޒަރ ނޭމްއާއި ޕާސްވޯޑް ހިމަނާފައި ވެ އެވެ. މި ޕޭޕަރު އުފައްދާފައިވަނީ ފޯނު ސާފުކޮށްލުމަށް ހާއްސަ ބައެއް ކެމިކަލް މި ޕޭޕަރުގައި ހިމަނައިގެން ކަމުގައި އެންޓީޓ ޑޮކޯމޯ އިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް