ކުވޭތުން ފުރައިގެން އޮމާން އަށް ދަތުރުފެށި ލުފްތަންސާ ފްލައިޓެއްގައި ބޮމެއް އޮތް ކަމަށްބުނެ ރިޕޯޓެއް ކުރުމުން އެ ފްލައިޓް އެމަޖެންސީގައި އަނބުރާ ކުވޭތުގައި ޖައްސައިފި އެވެ.
287 ޕަސިންޖަރުންނާއި 10 ކްރޫންނާއެކު ދަތުރުފެށި ލުފްތަންސާ ފްލައިޓް އެމަޖެންސީގައި ކުވެއިތުގައި ޖެއްސި ނަމަވެސް އެ ބޯޓުން ބޮމެއް ފެނިފައެއް ނުވެ އެވެ.
އެ ކުންފުނިން ބުނެފައިވަނީ ފްލައިޓް އެމަޖެންސީގައި ލޭންޑް ކުރަން ޖެހުނީ ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށާއި ނަމަވެސް އެއީ ގޯސް ރިޕޯޓެއްކަން ފަހުން އެނގުމުން ދަތުރުގެ ބައިވެރިން އެ ބައިވެރިންގެ މަންޒިލަށް ފޯރުކޮށްދެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް