ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިއަނުން ކުރާ ދަތުރުތައް އިތުރުކޮށްފި

ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ. މި ހަފްތާގެ ބަންދާއި އެކު ސްކޫލްތަކުގެ ޗުއްޓީ ފެށޭއި...

15 Dec 2024 | 17:40

ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މި ހަފްތާގެ ބަންދާއި އެކު ސްކޫލްތަކުގެ ޗުއްޓީ ފެށޭއިރު، މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރާއިރު ޗުއްޓީއާ ދިމާކޮށްް ދަތުރުތައް އިތުރުކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ދަތުރުތަކަށް ކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ބުކް ކުރެވޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްކޫލު ޗުއްޓީގެ ދަތުރުތައް އިތުރުކޮށްފައިވާ ގޮތް

ހއ. ހޯރަފުއްޓަށް މިމަހުގެ 16 އަދި 18 ވަނަ ދުވަހު

ހދ ކުޅުދުށްފުއްޓަށް މިމަހުގެ 17 ވަނަދުވަހު

ހދ. ހަނިމާދޫއަށް މިމަހުގެ 19 ވަނަ ދުވަހު

ށ. ފުނަދޫއަށް މިމަހުގެ 17 އަދި 20 ވަނަދުވަހު

ބ. ދަރަވަންދޫއަށް މިމަހުގެ 19 ވަނަދުވަހު

ގދ. ފަރެސްމާތޮޑާއަށް މިމަހުގެ 18 ވަނަ ދުވަހު

ގދ. ކައްދޫއަށް މިމަހުގެ 17 އަދި 18 ވަނަދުވަހު

ގދ. މާވާރުލު: މި މަހުގެ 20ގައި އިތުރު ދަތުރެއް އޮންނާނެ

ފުވައްމުލަކަށް މިމަހުގެ 16، 17 އަދި 19 ވަނަ ދުވަހު

އައްޑޫ ސިޓީ ގަމަށް މި މަހުގެ 16 ވަނަދުވަހު އަދި 18، 19ގައި ކޮންމެ ދުވަހަކު އިތުރު ދެ ދަތުރު.

ކޮންމެ ސްކޫލު ޗުއްޓީއަކާއި ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް އާންމުކޮށް އިތުރު ކުރެ އެވެ. ރާއްޖޭން ބޭރުން، އިންޑިއާގެ ކޮޗިން އާއި ޓްރެވިންޑްރަމްއަށް އަދި ރާއްޖޭގެ އެތެރޭގެ ޑިމާންޑު ބޮޑު އެހެން މަންޒިލުތަކަށް ޗުއްޓީ ތެރޭ އެ އެއާލައިނުން ކުރާ ދަތުރުތައް ވެސް އިތުރު ކުރެ އެވެ.

ސްކޫލު ޗުއްޓީއާއި ދިމާކޮށް ރާއްޖޭގެ އެކި މަންޒިލްތަކަށް ޗުއްޓީ ހޭދަކޮށްލުމަސާއި އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތައް މީހުން ކުރާ ދަތުރުތައް ބޮޑުތަނުން އިތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް