މެރީން ޖާރނަލް މޯލްޑިވްސް ކުއިސް – އަގުހުރި އިނާމުތަކާއެކު ފެށިގެން ކުރިއަށް

ތިމާވެށި ހިމާޔަތްކުރުމާއި ގުދުރަތީ ދިރުންތަކާއިބެހޭ މަޢުލޫމާތު ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ ޖަމިއްޔާއެއްކަމުގައިވާ މެރީން ޖަރނަލް މޯލްޑިވްސްއިން ތިމާވެއްޓާއި ގުޅުންހުރި 7 ސުވާލުގެ ކުއިޒު މުބާރާތެއް...

15 Dec 2024 | 15:30

ތިމާވެށި ހިމާޔަތްކުރުމާއި ގުދުރަތީ ދިރުންތަކާއިބެހޭ މަޢުލޫމާތު ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ ޖަމިއްޔާއެއްކަމުގައިވާ މެރީން ޖަރނަލް މޯލްޑިވްސްއިން ތިމާވެއްޓާއި ގުޅުންހުރި 7 ސުވާލުގެ ކުއިޒު މުބާރާތެއް ލޯންޗުކޮށްފިއެވެ.

އިންސްޓަގްރާމްގައި ޑިސެންބަރު 14 އިން ފެށިގެން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކުއިޒުމުބާރާތުގައި ބައިވެރިވުންވަނީ އާއްމުންނަށް ހުޅުވާލެވިފައެވެ.

1 ވަނަ އިނާމަކަށް 6000 ރުފިޔާ އަދި 2 ވަނަ އިނާމަކަށް 3000 ރުފިޔާ އަދި 3 ވަނައަށް 1500 ރުފިޔާގެ ފައިސާގެ އިނާމުވަނީ ކުއިޒު ކާމިޔާބުކުރާ ފަރާތްތަކަށް ހުށައަޅާފައިވެއެވެ.

ކުއިޒުގައިވާ ސުވާލުތައް އަމާޒުކުރެވޭނީ ދިވެހިރާއްޖޭގެ އަދި ދުނިޔޭގެ ތިމާވެއްޓާއި ގުޅުންހުރި މަޢުލޫތަކަށް ކަމަށް މެރީން ޖަރނަލް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

"ކުއިޒުގެ އެންމެބޮޑު ބޭނުމަކީ ތިމާވެށީގެ މަޢުލޫތަކަށް އާއްމުންގެ މެދުގައި އިތުރަށް ހޭލުންތެރިކަން އިތުރުކުރުން އަދި އާއްމު ދިރިއުޅުމުގައިވެސް ވެއްޓާއިމެދު އިތުރަށް ވިސްނާ ލޯބިއާލާކުރުން" މެރީން ޖަރނަލް މޯލްޑިވްސްގެ ރައީސް އަހްމަދު ފިޟާލް ވިދާޅުވިއެވެ.

https://www.instagram.com/p/DDjpEXbyiYC/

މިއީ ޗީވްނިންގް އެލުމްނައި އަދި މެރީން ޖަރނަލް މޯލްޑިވްސް ގުޅިގެން އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ ޗީވްނިންގް އެލުމްނައި ފަންޑުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއްގެ ތެރެއިން ހިންގޭ ކުއިޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް