އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފާތިމަތު އާޝާން އައްޔަނުކޮށްފިއެވެ.
އާޝާން އަކީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރގެ މަޤާމާއި މިފްކޯގެ ޑެޕިއުޓީ ސީއީއޯކަން ކުރެއްވި ފަރާތެކެވެ. މިއީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.
އެ މަޤާމަށް އާޝަން އައްޔަނުކޮށްފައިމިވަނީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް