މިދިޔަ ބުރާސްފަތި ދުވަހު ގެދޮރުވެރިކަމާއި ބިިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރަ އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ވުޒާރާގެ މަސައްކަތް ހުއްޓުމަކަށް އައުމަށް ފަހު އެ ވުޒާރާގެ މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ވުޒާރާގެ މަސައްކަތްތައް ފަށާފައިވަނީ ދަރުބާރުގޭގައި ކަމަށެވެ. އަދި އެ ވުޒާރާއިން ޚިދުމަތް ހޯދެއްވުމަށް ވަޑައިގަންނަވާ ފަރާތްތަށް ވަންނާނީ އަމީނީ މަގުގެ ދޮރޯށިން ކަމަށް ވެސް އެ މިނިސްޓްރީން ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގާ އިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް