ޚަބަރު ސެގްމެންޓެއްގައި ބޭ އަދަބީ މަންޒަރެއް ގެނެސްދެވުމުން ޕީއެސްއެމްގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ޕަބްލިކް ސާވިސް މީޑިއާއިން ހިންގަމުން އަންނަ ޕީއެސްއެމް ނިއުސްގެ އިނގިރޭސި ޚަބަރުގެ ސެގްމެންޓެއްގައި ބޭ އަދަބީ މަންޒަރެއް ގެނެސްދެވިފައިވާތީ އެކަމުގައި އިހުމާލުވާ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކ...

15 Dec 2024 | 08:37

ޕަބްލިކް ސާވިސް މީޑިއާއިން ހިންގަމުން އަންނަ ޕީއެސްއެމް ނިއުސްގެ އިނގިރޭސި ޚަބަރުގެ ސެގްމެންޓެއްގައި ބޭ އަދަބީ މަންޒަރެއް ގެނެސްދެވިފައިވާތީ އެކަމުގައި އިހުމާލުވާ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

ޕީއެސްއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ 19:00ގައި މި ކުންފުނީގެ ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމެންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މައާފަށް އެދޭކަމަށާއި އެކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާއި އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ކުންފުނީގެ ފަރާތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ.

"މި މައްސަލައިގެ ކަންހިނގާދިޔަގޮތް ބެލުމަށްފަހު މައްސަލައިގާ އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑްކޮށް އެ މުވައްޒަފުންގެ މައްސަލަ މިހާރު ވަނީ ކުންފުނީގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އިތުރު ފިޔަވަޅު އެޅުމަށް ފޮނުވިފައި" ޕީއެސްއެމްއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުންފުނީގެ އެކި ޑިޕާޓްމަންތްތަކުގައި މިހާރު އަމަލުކުރަމުންދާ އެސްއޯޕީތައް އިސްލާހުކޮށް، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބުކުރަމުންދާކަމަށްވެސް ޕީއެސްއެމްއިން ބުނެފައިވެއެވެ.

ކޯލްޑް ސްޓޯރޭޖްއާއި ގުޅުންހުރި އިނގިރޭސި ޚަބަރެއް ޕްރެޒެންޓަރު ހުށަހަޅައިދެމުންދިޔައިރު ފަހަތުން ފެންނަނީ މަސް ދޯންޏެއްގައި ބަޔަކު (ބިދޭސީންތަކެއް ކަމަށް ބެލެވޭ)، އެފަދަ ދޯނިތަކުގައި ފެންވަރާ އުސޫލުން ފެންވަރާ މަންޒަރެވެ. އޭގެ ތެރެއިން އެކެއްގެ މުންޑު ތިރިކޮށްލާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް