މިއަދަކީ ދިރާގުގެ 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގައި އެންރޯލްވުމަށް ލިބޭ އެންމެ ފަހު ދުވަހެވެ. އެގޮތުން މި އަގުހުރި ޕްރޮމޯޝަންގައި މިރޭ (15 ޑިސެންބަރު 2024)ގެ 23:59 ގެ ނިޔަލަށް ބައިވެރިވެވޭނެއެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހުގައި ދިރާގުން ލޯންޗުކުރި މި ޕްރޮމޯޝަންއާ އެކު ދިރާގު ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އައު އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ލިމިޓެއްނެތް ފައިބަރ 40އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ. ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް https://winaboat.dhiraagu.com.mv/ މެދުވެރިކޮށް 15 ޑިސެންބަރު 2024ގެ 23:59 ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތެއްގެ ޝަރުތު ހަމަވާ ހުރިހާ ނަންބަރެއް ޕްރޮމޯޝަންގައި އެންރޯލްކުރެވޭނެއެވެ.
"މި ހިތްގައިމު ޕްރޮމޯޝަން ނިމުމަކާ ގާތްވެފައިވާ އިރު، އާންމުންގެ ފަރާތުން ލިބެމުންދާ ހޫނު ތަރުހީބު ފާހަގަކޮށްލަން. އަދި މިއަދަކީ މި ޕްރޮމޯޝަނަށް އެންރޯލްވެވޭ އެންމެ ފަހު ދުވަސްކަމަށްވާ އިރު، މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް އެފަރާތްތަކުގެ ޝަރުތު ހަމަވާ ހުރިހާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށްފައިވޭތޯ ބަލާލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް،" ދިރާގުގެ މެނޭޖަރ، މާކެޓިންގް ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމުކަމުގައިވާ އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/4d1WWvY
ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފަރތަށް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް