މި ދެތިންދުވަހު މާލޭގައި ހަތަރު  މާރާމާރީއެއް – ފުލުހުން ބުނީ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެކަމަށް

ފާއިތުވި ދެތިން ދުވަހު މާލޭގައި ހަތަރު މާރާމާރީއެއް ހިނގާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ. މީޑިއާތަކަށް މިއަދު ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ...

15 Dec 2024 | 06:51

ފާއިތުވި ދެތިން ދުވަހު މާލޭގައި ހަތަރު މާރާމާރީއެއް ހިނގާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް މިއަދު ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު، މުނިޔާމަގު ދިރިޕަބްލިކް ކެފޭ ތެރެއަށް  ވަދެ މާރާމީރީ ހިންގި މައްސަލަ ރޭ ފުލުހުންނަށް ރިޕޯރޓްކޮށްފައިވާކަމަށެވެ. އަދި ހަމަ އެހެންމެ 06 މީހަކު ސައިކަލްގައި އައިސް, ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ ފުލުހުންނަށް ރިޕޯރޓްކޮށްފައިވާކަމަށެވެ.

އޭގެ އިތުރުން ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލަ ރޭގައި ފުލުހުންނަށް ރިޕޯރޓްކޮށްފައިވާއިރު ބުރާސްފަތި ދުވަހު ހުށަހެޅުނު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެވާހަކަ ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް