ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ މަހެއްހާ ދުވަސް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 2024 ޖަނަވަރީ 20 އަށް ފަސްކުރަން އެ ކޯލީޝަނުން ނިންމައިފިއ...

15 Dec 2023 | 16:02

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 2024 ޖަނަވަރީ 20 އަށް ފަސްކުރަން އެ ކޯލީޝަނުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ކޯލީޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށްޓަކައި 2023 ޑިސެންބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސް ކުރެވުނު ވާހަކަ ޢާންމުކޮށް އިޢުލާނު ކުރާކަމަށާއި ފަސްކޮށްފައިވަނީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ ޢަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، ޢުމްރާއަށް ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ ޢާންމު މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އެހެންކަމުން، 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި ޢާންމު ކުރެވޭނެ ކަމަށާއި އަދި، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށް އެ ކޯލީޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް