ސޯޝަލް ހައުސިންގ ޔުނިޓްތަކެއް އެޅުމުގެ މަޝްރޫއެއް މާލެސިޓީ ކައުންސިލުން ފާސްކޮށްފި

މާލެ ހިޔާ ސިނަމާލެ ސަރަހައްދުގައި 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ސިޓީ ކައުންސިލްގެ ޖަލްސާގައި ފާސްކޮށްފިއެވެ. އަދި މަޝްރޫއުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ކަ...

15 Dec 2022 | 17:32

މާލެ ހިޔާ ސިނަމާލެ ސަރަހައްދުގައި 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ސިޓީ ކައުންސިލްގެ ޖަލްސާގައި ފާސްކޮށްފިއެވެ. އަދި މަޝްރޫއުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.

މި ޖަލްސާގައި، މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލުން ފެށުމަށް ނިންމި ނަމަވެސް، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެންހުރި މަރުހަލާތައް ފަސޭހަކަމާއެކު ގެންދެވޭނީ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުމުންކަމުގައި މޭޔަރ މުޢިއްޒު ވިދާޅުވިއެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުން އަވަސް ކުރުމަށް ޕްލޭނިން މިނިސްޓްރީއަށް އަދިވެސް ދަންނަވާނެކަމުގައި މޭޔަރ އިތުރަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވާ ގޮތުގައި މާލެ ހިޔާ ސިނަމާލެ ސަރަހައްދު ތަރއްގީ ކުރުމުގެ މަޝްރޫއު ނިމޭއިރު 1300 ހައުސިން ޔުނިޓް އަޅާނިމޭނެއެވެ.އެ ފްލެޓްތަކުގެ ތެރެއިން 60 އިންސައްތަ ސޯޝަލް ހައުސިން ގޮތުގައި އަދި 40 އިންސައްތަ އަކީ މެދު ފަންތީގެ ބޯހިޔާވަހިކަމެވެ.އަދި މި މަޝްރޫއަކީ މާލެ ސިޓީ ކައުންސިލުން މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނޭ 2000 ހައުސިން ޔުނިޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް