2010 ވަނަ އަހަރު ޤަތަރަށް ވޯލްޑް ކަޕް ހޮސްޓްކުރުމަށް އެވޯރޑް ކުރެވުނު ހިސާބުން އެގައުމުން ދިޔައީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.އެހެންނަމަވެސް ޤަތަރުން ވޯލްޑް ކަޕަށް ކުރި ޙަރަދުނުލާ ވޯލްޑްކަޕުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ކިހާވަރެއްގެ ފައިދާއެއްވާނެކަން ތަސައްވަރުވެސްކޮށްލެވޭހެއްޔެވެ!
މިކަމާއި ގުޅިގެން ހޯދާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޤަތަރަށް 6.5 ބިލިއަން ޑޮލަރު ފައިދާގެ (ޕްރޮފިޓް)ގޮތުގައި ލިބޭނެކަމަށް ބެލެވެއެވެ. މިއަދަދަކީ ކުރީ އެއްވެސް ވޯލްޑް ކަޕެއް ހޮސްޓް ކުރި އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވާވަރުގެ ބޮޑު އަދަދެކެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ރަޝިއާއަށް ލިބުނު ކަމަށްވަނީ 5.2 ބިލިއަން ޑޮލަރެވެ.
ވޯލްޑް ކަޕެއް އަރަބި ޤައުމެއްގައި ބޭއްވޭ މިއީ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. މީގެ އިތުރުން އާއްމުކޮށް މެޗުތައް އޮންނަ ޖޫން ޖުލައި ގައި ނޫންގޮތަށް އަހަރުގެ ފަހުކޮޅު ބޭއްވޭވެސް މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް